ދައުލަތަށް ހިޔާނަތްތެރިވާ މީހުންނަށް 25 އަހަރާ ހަމައަށް ޖަލު ހުކުމް ކުރެވޭ ގޮތަށް ގާނޫނަށް ބަދަލެއް

ދައުލަތަށް ހިޔާނަތްތެރިވާ މީހުންނަށް 25 އަހަރާ ހަމައަށް ޖަލު ހުކުމް ކުރެވޭ ގޮތަށް ގާނޫނަށް ބަދަލެއް

Author
އަހުމަދު
26 އޮކްޓޯބަރ 2026 10:14
0

 

ދިވެހި ދައުލަތަށް ހިޔާނަތްތެރިވުމަކީ ޖިނާއީ ކުށަކަށް ހަދައި، އެ ކުށަށް 25 އަހަރާ ހަމައަށް ޖަލު ހުކުމް ކުރެވޭނެ ގޮތަށް ގާނޫނުލްއުގޫބާތަށް ގެނެވޭ އިސްލާހެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ ޖަލްސާގައި އިއްވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ބިލުގައިވާ ގޮތުން، ރާއްޖެއާ ދެކޮޅަށް ހަނގުރާމަ ކުރުމާއި، އެފަދަ ފަރާތަކާ ބައިވެރިވުމާއި، ރާއްޖޭގެ ދުޝްމަނަކަށް ރާއްޖޭގެ ތެރޭގައި ނުވަތަ ބޭރުގައި އެހީތެރިވުމަކީ ދައުލަތަށް ހިޔާނަތްތެރިވުމެވެ. މިއީ ފުރަތަމަ ދަރަޖައިގެ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާއިރު، އަސާސީ އަދަބަކީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބަކީ 25 އަހަރުގެ ޖަލު ހުކުމެކެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންދޭ ބިދޭސީންނާއި، އެ މީހުންނާ ބައިވެރިވާ ދިވެހިން ބިލުގައި ދުޝްމަނުންގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ. މި ކުށް ސާބިތުވާ ދިވެހިއަކު ދުވަހަކުވެސް ދައުލަތުގެ އެއްވެސް ވަޒީފާއަކަށް ނުވަތަ މަގާމަކަށް އައްޔަން ނުކުރެވޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.