ޝްރަދާ ކަޕޫރާއި ރޯހަން ޝްރެސްތާގެ ކައިވެނީގެ ވާހަކަތައް މާ ވަރުގަދައަށް ދެކެވެންފެށީ ވަރުން ދަަވަންގެ ކައިވެންޏަށް ފަހު މީސްމީޑިއާގައި ދައުރުވި ޕޯސްޓް ތަކެއްގެ ސަބަބުންނެވެ. ގިނަ ބެލުންތެރިންގެ އަދި ނޫސްވެރިންގެ ސުވާލު ޝްރަދާއަށް މިކަމާ ގުޅޭގޮތުން ކުރިމަތިވަމުން ދެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ސުވާލަކީ ޝްރަދާ ކައިވެނި ކުރަނީ ކޮންއިރަކުން ތޯ އެންމެން ކުރާ ސުވާލެވެ.
މި ސުވާލު ވަނީ އެންމެ ފަހުން ޝްރަދާ ދިއްލީއަށް އައި ދުވަހުވެސް ކޮށްފައިވެ. މި ސުވާލަށް ޝްރަދާ ދިން ޖަވާބު އިނގޭ ހެއްޔެވެ؟
މަރާޓީ އިން އޭނާ ބުނީ "ކަޔޭ ބޮލްތޮސް ތުމޭ" މިހެންނެވެ. ދިވެހިން ބުނާނަމަ "ތިއީ ދެން ކޮންވާހަކައެއް؟" ހެއްޔޭ އެވެ. ޝްރަދާވަނީ އޭނާގެ ދެބެންގެ ދެދަރި ޕްރިޔާންކް ޝަރްމާގެ ކައިވެނީގެ ވާހަކަ ހިއްސާ ކޮށްފައިއެވެ.
"ދަ ސްޓްރީޓް ޑާންސާ 3ޑީ" އިން ފެނިގެން ދިޔަ ޝްރަދާއަކީ ބެލުންތެރިން ވަރަށް ގަޔާވާ ތަރިއެކެވެ. އަދި ޝްރަދާގެ ދިރިއުޅުމުގައި ހިނގާ ކަންތައްތައް ބެލުމަކީ އޭނާގެ ފޭނުން ވަރަށް ބޭނުންވާކަމެކެވެ.
ޝްރަދާ ދެން ފެނިގެން ދާނީ ރަންބީރް ކަޕޫރުއާއި އެއްކޮށް ލަވް ރާންޖަންގެ ކުރިއަށް އޮތް ފިލްމުންނެވެ. މި ފިލްމުގައި ޝްރަދާ އަދި ރަންބީރުގެ އިތުރުން ބޯނީ ކަޕޫރު އަދި ޑިމްޕަލް ކަޕާޑިއާ ފެނިގެންދާނެއެވެ. މި ފިލްމުގެ ޝޫޓިން އިންޑިއާގެ ވެރިރަށް ދިއްލީގައި ފެށީ މިދިޔަ މަހު އެވެ. އަދި މިހާރު ޝޫޓިންގ ނިންމާލުމަށްފަހު ތަރިން ވަނީ އެނބުރި މުމްބާއީއަށް ގޮސްފައެވެ.