ކަޕިލް ބުނަނީ ޝޯވް މެދުކަނޑާލަނީ މިހެންވެ ކަމަށް!

ކަޕިލް ބުނަނީ ޝޯވް މެދުކަނޑާލަނީ މިހެންވެ ކަމަށް!

އިންޑިއާގެ އެންމެ މަޤްބޫލު ޓީވީޝޯ "ދަ ކަޕިލް ޝަރްމާ ޝޯވް" މެދުކަނޑާލަން އުޅޭ ޚަބަރު ވެގެންދިޔައީ ގިނަބަޔަކަށް މާޔޫސްކަން ގެނުވި ޚަބަރަކަށެވެ. ޝޯވްގެ ހޯސްޓް އަދި ކުޅަދާނަ ސްޓޭންޑްއަޕް ކޮމޭޑިއަން ކަޕިލް ޝަރަމާ ދާދި ފަހުން މިވަނީ ޝޯވް މެދުކަނޑާލަން ޖެހޭ މައިގަނޑު ސަބަބުން ހާމަކޮށްފަ އެވެ.

ބުރާސްފަތި ދުވަހު ކަޕިލްގެ ޓްވިޓަރ އެކައުންޓުން ވަނީ އާސްކް ކަޕިލްގެ ހޭޝްޓެގް ބޭނުންކޮށްގެން ކަޕިލްއާ ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެފުރުސަތުގައި ފޭނަކު ކުރި ސުވާލަށް ޖަވާބުދެމުން ކަޕިލް ބުނީ ޝޯވް މެދުކަނޑާލަނީ އޭނާގެ އަންހެނުން 2 ވަނަ ދަރިއަކަށް ބަލިވެއިނުމުން، ގޭގައި އަންހެނުންނާ އެކު ވަގުތު ހޭދަކޮށް ދެވަނަ ދަރިފުޅަށް މަރުޚަބާ ކިއުމުގެ ގޮތުން ކަމަށެވެ.

ކަޕިލްގެ މި ވާހަކަތަކުން އެނގޭގޮތުގައި އޭނާގެ އަނހެނުން ގިނީ ޗަތުރަތު ކުރިއަށް އޮތް މަހެއްހާދުވަސްތެރޭ ވިހާނެއެވެ. ކަޕިލް އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން މިދިޔަ އަހަރު ފަހުކޮޅު މީޑިއާތަކަށް ތިލަ ވީނަމަވެސް އެކަމާގުޅޭގޮތުން ކަޕިލް މީގެކުރިން މާބޮޑު ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަދި އަންހެނުން ވިހާނެ ވަކި ތާރީހެއްވެސް އާންމުކޮށްފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހު ފޭނުން ކުރި ސުވާލުތަކުގެ ތެރެއިން އިތުރު ސުވާލަކަށް ޖަވާބުދެމުން ކަޕިލް ބުނީ ދެވަނަ ދަރިފުޅު އަންހެން ކުއްޖަކަށް ވީ ނަމަވެސް ފިރިހެން ކުއްޖަކަށް ވީނަމަވެސް އޭނަގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ހަމައެކަނި ބޭނުންވަނީ ސިއްހަތު ރަނގަޅު ދަރިއެއް ކަމަށް ކަޕިލް ވަނީ ބުނެފައެވެ. ކަޕިލްގެ ފުރަތަމަ ދަރިފުޅަކީ އަންހެން ކުއްޖެކެވެ.

ކަޕިލް ބުނީ ޝޯވް މެދުކަނޑާލި ނަމަވެސް މިއީ ކުޑަ ބްރޭކެއް ކަމަށެވެ. ކަޕިލް މިގޮތަށް ނިންމާފައި ވަނީ އޭނަގެ ފުރަތަމަ ދަރިފުޅު ވިހޭއިރު އަންހެނުންނަށް ދޭންވާވަށް ވަގުތު ނުދެވުނީތީ ކަމަށްވެސް ކަޕިލްއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި ޝޯވް މެދުކަންޑާލަނީ އަންނަ ފެބްރުއަރީ މަހުގެ 2 ވަނަ ހަފްތާއިން ފެށިގެން މަސް ދުވަހަށެވެ. "ދަ ކަޕިލް ޝަރްމާ ޝޯވް" އަކީ ހުރިހާ އުމުރުފުރައެއްގެ މީހުންވެސް ބަލަމުންގެންދާ، ހެއްވާމަޖާ ކަންތައްތަކެއް ގެނެސްދޭ ޝޯވްއެކެވެ. ސޮނީގެ މި ޝޯވް އިންޑިއާގައި އެންމެ މަޤްބޫލު ޓީވީޝޯވް ތަކުގެ ތެރޭގައި ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *