ވަރުން އާއި ނަތާޝާގެ ކައިވެނި ޕާޓީ ފެބްރުއަރީ 2 ގައި؟

ވަރުން އާއި ނަތާޝާގެ ކައިވެނި ޕާޓީ ފެބްރުއަރީ 2 ގައި؟

އެކްޓަރ ވަރުން ދަވަން އޭނާގެ ޒަމާންވީ ލޯބިވެރިޔާ ނަތާޝާ ދަލާލް އާ މިދިޔަ އާދިއްތަ ދުވަހު ވަނީ ކައިވެނިކޮށްފަ އެވެ. އެދެމީހުންގެ ކައިވެނީގެ ފޮޓޯ ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާއިރު، އެދެމީހުންގެ ކައިވެނީގެ ހެދުމުގައި އެކުގައި ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. މިއީ ބޮލީވުޑްގެ ތެރެއިން ގިނަބަޔަކު އިންތިޒާރު ކުރަމުން ގެންދިޔަ ކައިވެންޏެކެވެ.

ފަހުގެ ހަބަރުތައް ބުނާގޮތުގައި ފެބްރުއަރީ 2 ގައި މުމްބާއީގައި ވަރުން އާއި ނަތާޝާގެ ކައިވެނީގެ ޕާޓީ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕާޓީއަކީ ބޮލީވުޑްގެ ތަރިންނަށް ބާއްވާ ހަފްލާއެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

 

View this post on Instagram

 

A post shared by VarunDhawan (@varundvn)

ނަމަވެސް ޕިންކްވިލާއަށް ވަރުންގެ ބޮޑުބޭބެ އަނިލް ދަވަން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެއީ ދޮގު ހަބަރެއް ކަމަށާއި ރިސެޕްޝަން ބާއްވަންޏާ ބާއްވާ ތާރީހުވެސް ބުނާނެ ކަމަށެވެ. އެންމެންވެސް މިވަގުތު އުޅެނީ އެމީހެއްގެ ކަންކަމުގައި ބިޒީކޮށްކަމަށް އަނިލް ދަވަން ބުންޏެވެ. ވަރުން އާއި ނަތާޝާގެ ކައިވެންޏަށް އަލީބާގަށް ދިޔަ އެންމެން އަނބުރާ މުމްބާއީއަށް ދާން ފަށާފައިވާއިރު، އެންމެ ފުރަތަމަ މުމްބާއީއަށް ދިޔައީ ކަރަން ޖޯހަރްއެވެ.

އިންޑިއާގެ ސަގާފަތުގައި އޮންނަ ގޮތަށް ވަރުން އާއި ނަތާޝާގެ ކައިވެނީގެ ހަފްލާތަށް ހުކުރު ދުވަހު ވަނީ ފަށާފައެވެ. ވަރުންގެ ބޮޑުބޭބެ އަނިލް ބުނެފައިވަނީ ވަރުންގެ ކައިވެންޏަކީ އެ ޖެނެރޭޝަންގެ އެންމެ ފަހު ކައިވެނިކަމަށާއި ވަރުން ކައިވެނިކުރާތީ ވަރަށް އުފާވާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *