އޭސީސީގެ ކުރީގެ އޮފިސަރުގެ ޝަރީޢަތް އަންނަ މަހަށް ފަސްކޮށްފި

އޭސީސީގެ ކުރީގެ އޮފިސަރުގެ ޝަރީޢަތް އަންނަ މަހަށް ފަސްކޮށްފި

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2021 11:26
0

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ދައުވާ އުފުލާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ އިންވެސްޓިގޭޝަން އޮފިސަރ ޢަބްދުالله އާޡިމްގެ ޝަރީޢަތް އަންނަ މަހަށް ފަސްކޮށްފިއެވެ.

މިއަދު ހެންދުނު 09:00 އިރު ކްރިމިނަލް ކޯޓްގައި ފެށުމަށް ކުރިން ތަޢާވަލުކުރި އަޑުއެހުން މިހާރު ވަނީ ކެންސަލްކޮށްފައެވެ. ކްރިމިނަލް ކޯޓުން ބުނީ އާޡިމްގެ އަޑުއެހުންތައް ކެންސަލް ކުރީ އޭނާގެ ވަކީލުން އަޑުއެހުންތައް ފަސްކޮށްދިނުމަށް އެދިފައިވާތީކަމަށެވެ. އެހެންކަމުން އަންނަ މަހުގެ ފުރަތަމަ ހަފްތާއަށް އަޑުއެހުން ފަސްކޮސްފައިވާކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާއި ގުޅިގެން ދައުވާ އުފުލާފައިވާ ޏ.ފުވައްމުލައް، ހޯދަޑު، މައުނާ، ޢަބްދުﷲ އާޡިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދެ ދައުވާއަކާއި މަނީ ލޯންޑަރިން ކުށުގެ ދެ ދައުވާއެވެ. މި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރުއެވެ.

ޢަބްދުﷲ އާޡިމްގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގައި ވަނީ އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރަކަށް އޭނާ ހުރެ ތަހުގީގުކުރަމުންދިޔަ އެމްޕީއެލްއާއި އެމްއެމްޕީއާރުސީ އާއި ދެމެދު ހިންގި ޑޮލަރު މާރުކުރުމުގެ ކޮރަޕްޝަނާއި ގުޅޭ މައްސަލައިގެ މައުލޫމާތު އެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ދީފައިވާކަމަށެވެ. އެގޮތުން މި މައްސަލަ އޭސީސީން ތަހުޤީގުކުރާ ޓީމުގައި އިސްކޮށް ހުރެ މައްސަލަ ހިގަމުންދާ ގޮތުގައި މައުލޫމާތު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ކުރީގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތަށް ދީފައިވާކަމަށެވެ. އަދި އެ މައުލޫމާތު ހިއްސާކުރުމަށާއި ތަހުޤީގު ވަކި ގޮތަކަށް އަނބުރާލުމަށް 100،000 (އެއްލައްކަ) ޑޮލަރުގެ ރިޝްވަތު ހިފާފައިވާކަމަށް މި މައްސަލާގައި ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

ރިޝްވަތުގެ ގޮތުގައި ޢަބްދުﷲ އާޡިމަށް ފައިސާދީފައިވަނީ އެސްއޯއެފްގެ ކުންފުނީގެ ޗެކަކުންކަމަށާއި އެ ފައިސާ އަސްލު އޮޅުވާލުމަށް ފައިސާ އާޡިމް ފުރަތަމަ ޖަމާކޮށްފައިވަނީ އޭނާގެ ކޮއްކޮގެ އެކައުންޓަށްކަމަށްވެސް ޕީޖީގެ ބަޔާނުގައިވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ޢަބްދުﷲ އާޡިމާއި ދެކޮޅަށް އުފުލި ދައުވާގައި އޭނާ ރިޝްވަތުގެ ގޮތުގައި ނަގާފައިވާ އެއްލައްކަ ޑޮލަރު އަނބުރާ ނަގާދިނުމަށްވެސް ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.