ހުރްމުޒް ކަނޑުއޮޅިމަތިން އެމެރިކާގެ އިތުރު އެމްކިއު-9 ޑްރޯނެއް ވައްޓާލައިފި

ހުރްމުޒް ކަނޑުއޮޅިމަތިން އެމެރިކާގެ އިތުރު އެމްކިއު-9 ޑްރޯނެއް ވައްޓާލައިފި

Author
އަހުމަދު
21 ނޮވެމްބަރ 2026 09:14
0

ހުރްމުޒް ކަނޑުއޮޅި މަތީގައި އުދުހެމުން ދިޔަ އެމެރިކާގެ އެމްކިއު-9 މަރުކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާގެ ރިޕޯޓުތަކުގައިވާ ގޮތުގައި، މި ޑްރޯނަށް ބަޑިޖަހައި ވައްޓާލީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އެއިރޯސްޕޭސް ފޯސް އިންނެވެ. އައިއާރްޖީސީ އިން ބުނީ، މި ހަމަލާ ދިނީ އެ ބަހާއިން އަލަށް ބޭނުންކުރަން ފެށި ވައިގެ ދިފާއީ ނިޒާމަކުން ކަމަށެވެ.

އީރާނުގެ އަސްކަރީ ބާރުތަކުން މިހާތަނަށް އެމެރިކާގެ 58 އެމްކިއު-9 ޑްރޯން ވައްޓާލާފައިވާ ކަމަށް އީރާނުން ބުނެއެވެ. އީރާނުގެ މި ވާހަކަތަކާއި ގުޅޭގޮތުން އެމެރިކާއިން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.