މި މަހު ފަތުރުވެރިން އައުން 5.8 އިންސައްތަ ދަށަށް

މި މަހު ފަތުރުވެރިން އައުން 5.8 އިންސައްތަ ދަށަށް

Author
އަހުމަދު
21 ނޮވެމްބަރ 2026 09:13
0

 

ނޮވެމްބަރު މަހުގެ ފުރަތަމަ 17 ދުވަހުގެ ތެރޭގައި 103،778 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ ހަމަ މި މުއްދަތާ އަޅާކިޔާއިރު 5.8 އިންސައްތަ މަދު އަދަދެކެވެ.

މި އަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަތުވެފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 342،376 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، 272،052 ފަތުރުވެރިންނާއެކު ރަޝިއާ ދެވަނައިގައި ވެއެވެ. ތިންވަނައިގައި 145،464 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތާއި، ހަތަރުވަނައިގައި 129،609 ފަތުރުވެރިންނާއެކު ޖަރުމަނުވިލާތް ވެއެވެ. އަދި އިޓަލީއިން 111،847 ފަތުރުވެރިން އަދި އިންޑިއާއިން 109،741 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ރާއްޖޭގައި މިވަގުތު 180 ރިސޯޓާއި 927 ގެސްޓްހައުސް، 17 ހޮޓަލާއި 164 ސަފާރީ އުޅަނދު ހިމެނޭ ގޮތަށް ޖުމްލަ 68،222 އެނދު ހިންގަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.