ރައީސް މުޢިއްޒު އަންނަ މަހު ބަންގްލަދޭޝަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

ރައީސް މުޢިއްޒު އަންނަ މަހު ބަންގްލަދޭޝަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

Author
އަހުމަދު
21 ނޮވެމްބަރ 2026 09:17
0

 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަންނަ މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް އެ ޤައުމުގެ މީޑިއާއިން ރިޕޯޓްކޮށްފި އެވެ.

"ޑެއިލީ ޓައިމްސް އޮފް ބަންގްލަދޭޝް"ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ދެ ޤައުމުގެ މެދުގައި ދިގު ތާރީޚެއް އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމާއި، ތަފާތު ދާއިރާތަކުގައި އެއްބާރުލުން ފުޅާކުރުމާ ބެހޭގޮތުން މަތީ ފަންތީގެ ބައްދަލުވުންތައް ބޭއްވުން ކަމަށެވެ.

ރައީސް މުޢިއްޒު މި އަހަރުގެ ކުރީކޮޅު ވެސް ބަންގްލަދޭޝަށް ދަތުރުފުޅެއް ކުރައްވާފައިވެ އެވެ. އެ ދަތުރުފުޅު ކުރެއްވީ ބޮޑުވަޒީރު ޠާރިޤު ރަޙްމާން މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.