މިއަދަށް ތާވަލުކުރި، ޝާހިދުގެ ބަންދާ ގުޅޭ އިސްތިއުނާފު އަޑުއެހުން ހައިކޯޓުން ކެންސަލްކޮށްފި

މިއަދަށް ތާވަލުކުރި، ޝާހިދުގެ ބަންދާ ގުޅޭ އިސްތިއުނާފު އަޑުއެހުން ހައިކޯޓުން ކެންސަލްކޮށްފި

Author
އަހުމަދު
15 ނޮވެމްބަރ 2026 09:59
0

 

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ހައިކޯޓުގައި މިއަދު ބާއްވަން ހަމަޖެހިފައިވާ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ޝާހިދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދު މެންދުރު 1:15 ގައެވެ. ހައިކޯޓުން ބުނީ އިދާރީ ސަބަބުތަކެއް ހުރުމުން އަޑުއެހުން ކެންސަލްކުރަން ޖެހުނީ ކަމަށެވެ. މި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކުރީ ވޭތުވެދިޔަ އާދިއްތަ ދުވަހުއެވެ.

ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރަކާ ގުޅިގެންނެވެ. އެއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި މާލެއާއި އަތޮޅުތަކުގައި ކެމްޕޭން ކުރައްވަމުން ގެންދަވަމުން ދިޔަ ދުވަސްވަރެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފުލުހުން ތަހުގީގުކުރަމުން ދަނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.