ތިން ދުވަހަށް ވައިގަދަވެ ކަނޑު ގަދަވާނެ: ކަނޑުދަތުރުވެރިން ސަމާލުވުމަށް މެޓުން އެދެފި

ތިން ދުވަހަށް ވައިގަދަވެ ކަނޑު ގަދަވާނެ: ކަނޑުދަތުރުވެރިން ސަމާލުވުމަށް މެޓުން އެދެފި

Author
އަހުމަދު
21 އޮކްޓޯބަރ 2026 07:31
0

އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި ކޮޅިގަނޑުތައް އުފެދިފައިވާތީ ހުޅަނގު މޫސުމުގެ ބާރު އިތުރުވެ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް، ހާއްސަކޮށް އުތުރާއި މެދު އަތޮޅުތަކަށް ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓުން ބުނީ ރާއްޖޭގެ ހުޅަނގު ފަރާތުން ބޯ ވިއްސާރަ ވިލާ އުފެދި އަތޮޅުތަކުގެ މައްޗަށް އަރަމުންދާ ކަމަށާއި، މީގެ ސަބަބުން އަންނަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ތަފާތު ސަރަހައްދުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މި ހާލަތުގައި ހުރިހާ ފަރާތްތަކަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން، މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތާ ގުޅިފައި ހުރުމަށާއި ސަމާލުކަމާއެކު ދަތުރުކުރުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.