ޕާކިސްތާނާއި ރާއްޖޭގެ ގުޅުން އިހުނަށްވުރެ ވަރުގަދަވާނެ: ރައީސް މުޢިއްޒު

ޕާކިސްތާނާއި ރާއްޖޭގެ ގުޅުން އިހުނަށްވުރެ ވަރުގަދަވާނެ: ރައީސް މުޢިއްޒު

Author
އަހުމަދު
21 އޮކްޓޯބަރ 2026 10:03
0

 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅާއެކު، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ޕާކިސްތާނަށް ވަޑައިގަތުމަށްފަހު އެކްސްގައި ޖެއްސެވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި ދަތުރުފުޅުގައި ކުރެވޭ މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމުގެ ދޭދޭ ގުޅުން ހަރުދަނާވެ، ދެ ޤައުމުގެ ގުޅިފައިވާ އަމާޒުތައް ހާސިލުކުރުމަށް މަގު ފަހިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ، ފާއިތުވި ދިހަ އަހަރު ތެރޭ ދިވެހި ރައީސަކު ޕާކިސްތާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މި ދަތުރުފުޅު ކުރައްވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު 26 ޖުލައި 1966 ގައި ޤާއިމުކުރި ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ އަހަރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.