ތިން ބާރުގެ އިމާރާތްތައް ރޯކުރަން ގޮވާލި ޒިހާން 15 ދުވަހަށް ބަންދު ކޮށްފި

ތިން ބާރުގެ އިމާރާތްތައް ރޯކުރަން ގޮވާލި ޒިހާން 15 ދުވަހަށް ބަންދު ކޮށްފި

Author
އަހުމަދު
21 އޮކްޓޯބަރ 2026 07:34
0

 

ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ އިމާރާތްތަކުގައި އަލިފާން ރޯކުރުމަށް ގޮވާލި މައްސަލައިގައި ހައްޔަރުކުރި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން 15 ދުވަހަށް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން މިއަދު ނިންމައިފި އެވެ.

ޒިހާން ހައްޔަރުކޮށްފައިވަނީ ފުވައްމުލަކުގައި ހުއްޓަ އެވެ. ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތައް ރޯނުކުރަނީ ކީއްވެގެންތޯ ސުވާލުކޮށް، އެކަމަށް ހިތްވަރުދޭ ގޮތަށް އޭނާ ސޯޝަލް މީޑިއާގައި ޕޯސްޓެއް ޖަހާފައި ވީއިރު، ގަޑިއިރެއްހާ ފަހުން އެ ޕޯސްޓް ވަނީ ފޮހެލާފަ އެވެ.

އެމެރިކާގެ ނޭވަލް އެކެޑެމީން ކިޔަވާފައިވާ ޒިހާން، އެމްއެންޑީއެފްގައި ފަސްޓް ލެފްޓިނަންޓްގެ ރުތުބާގައި ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި ޚިދުމަތްކޮށްފައިވެ އެވެ. ކުރީގެ ސަރުކާރުގެ ފަހުކޮޅު އޭނާ ސިފައިންގެ ޚިދުމަތުން ވަކިކުރީ ސަރުކާރަށް ފާޑުކިޔާތީ ކަމަށް އޭރު އޭނާގެ ގާތް މީހުން ތުހުމަތު ކުރިއެވެ. ދެން މި ސަރުކާރުން އޭނާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކުރި ނަމަވެސް، ފަހުން އެ މަގާމުން ވަކިކުރުމާއެކު އޭނާ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުން ގެންދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.