ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން، ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، މިއަދުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާ ސިޓީ އިހުސާން ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އޭނާ ފަނޑިޔާރުކަމުން ވަކިވެވަޑައިގެންފައިވާ ކަމަށެވެ.
އިހުސާން އިސްތިއުފާ ދެއްވީ، އޭނާގެ މައްޗަށް ޖޭއެސްސީއަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ ތުހުމަތެއް ހިމެނޭ މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި، ވަގުތީ ގޮތުން މަސައްކަތުން ދުރުކޮށް ސަސްޕެންޑު ކޮށްފައިވާ ދުވަސްވަރުގައެވެ.
މި މައްސަލައިގައި އިހުސާންގެ ބަޔާންވެސް ނަގާފައިވާއިރު، މައްސަލަ ބަލާ ކޮމިޓީން މައްސަލަ ބަލައި ނިންމާފައިވެއެވެ.
ކޮމެންޓު ފޮނުވާ