ފުވައްމުލަކުން 12 މޭލު ދުރުގައި މުދާ އުފުލާ ދޯންޏެއް ދިޔަވަނީ

ފުވައްމުލަކުން 12 މޭލު ދުރުގައި މުދާ އުފުލާ ދޯންޏެއް ދިޔަވަނީ

Author
އަހުމަދު
21 އޮކްޓޯބަރ 2026 07:27
0

ފުވައްމުލައް ސިޓީއާ ދިމާއަށް ދަތުރުކުރަމުން ދިޔަ، "ރާސްތާ" ނަމަކަށް ކިޔާ މުދާ އުފުލާ ސަޕްލައި ދޯންޏެއް ދިޔަވާން ފަށައިފިއެވެ.

ފުލުހުން ބުނީ މި ދޯނި ދިޔަވަނީ ފުވައްމުލަކުން ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ދުރުގައި ކަމަށެވެ. މި ހާދިސާއާ ބެހޭ މައުލޫމާތު އެމްއެންޑީއެފްއިން ފުލުހުންނަށް ލިބުނީ މިއަދު މެންދުރުފަހު ގާތްގަނޑަކަށް 15:08 ހާއިރުއެވެ.

ދޯނީގައި ތިބީ ހަތަރު ދިވެހިންނާއި އެއް ބިދޭސީއެކެވެ. ދޯނީގައި ތިބި މީހުންނާއި ދޯންޏަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.