ގެއްލިގެން ހޯދަމުންދާ ބިދޭސީއަކު ހޯދައިދޭ މީހަކަށް 3000 ރުފިޔާގެ އިނާމެއް ދޭނެކަމަށް ބުރުޒު ކޭޓަރިން އިން އިއުލާންކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ބުރުޒުން ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މަނިކު ހޮސައިން ކިޔާ ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. އޭނާ ފެނުމުން، އިމިގްރޭޝަނާ ގުޅިގެން އޭނާ އޭނާގެ ގައުމަށް އަނބުރާ ފޮނުވާލުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ކުންފުނިން ބުނެއެވެ.
ރާއްޖޭގެ ފުޅާ ދާއިރާއެއްގައި ކޭޓަރިން ހިދުމަތް ފޯރުކޮށްދެމުން އަންނަ ބުރުޒުން އެދިފައިވަނީ، މި ބިދޭސީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 7938008 އަށް ގުޅައިގެން ހިއްސާކުރުމަށެވެ.
ކޮމެންޓު ފޮނުވާ