ޗައިނާއިން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާ ކޮށްފި

ޗައިނާއިން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާ ކޮށްފި

Author
އަހުމަދު
20 އޮކްޓޯބަރ 2026 03:13
0

 

ޗައިނާގެ ހިލޭ އެހީގެ ދަށުން 880 ސޯލާ މަގުބައްތި މިއަދު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މި ހަދިޔާއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ރާއްޖެއަށް ކަނޑައަޅާފައިވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާއެވެ. ހައުސިން މިނިސްޓްރީން ބުނީ، މިއީ ސާފު ހަކަތަ ބޭނުންކުރުމާއި ރަށްތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މަސައްކަތަށް ލިބުނު މުހިންމު އެހީއެއް ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ، މި މަގުބައްތިތަކުން ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ. ކުރިން ހަދިޔާކުރި ސޯލާ މަގުބައްތިތައް ތިން ރަށެއްގައި ހަރުކުރެވިފައިވާކަން ފާހަގަކުރައްވަމުން، މިފަހަރުގެ ބައްތިތަކުން އިތުރު ރަށްރަށަށް ފައިދާކުރާނެ ކަމަށާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ސަރުކާރުން ކުރާ މަސައްކަތަށް ބާރުލިބޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށް، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން ހަމަޖެއްސުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.