ބޮލަށް ސޮލީބު ވެއްޓި، އަޅުކަން ކުރަން ހުރި ފާދިރީއަކު މަރުވެއްޖެ

ބޮލަށް ސޮލީބު ވެއްޓި، އަޅުކަން ކުރަން ހުރި ފާދިރީއަކު މަރުވެއްޖެ

Author
އަހުމަދު
20 އޮކްޓޯބަރ 2026 03:46
0

 

އިކުއެޑޯގެ ގުއާޔަކިލް ސިޓީގައި، ލައިވްކޮށް ދައްކަމުންދިޔަ ނަސާރާ ދީނުގެ ދީނީ އަޅުކަމެއް ކުރިއަށްދަނިކޮށް، ފާރުގައި ހަރުކޮށްފައިވާ ލަކުޑި ސަލީބު ބޮލަށް ވެއްޓި ފާދިރީއަކު މަރުވެއްޖެއެވެ.

ހޮނިވަރު ދުވަހު ހިނގި މި ހާދިސާގައި މަރުވީ، އެކުއަޑޯގެ އަވަ ލޭޑީ އޮފް ޕާޕެޗުއަލް ހެލްޕް ފައްޅީގެ ޕާދިރި، ޕެޓްރީސިއޯ އަލްފްރެޑޯ ސާންޗޭޒް މޮލިނާރީއެވެ. އޭނާގެ ފޭސްބުކް ޕޭޖުން ލައިވްކުރި ވީޑިއޯގައި ފެންނަނީ، ފާދިރީ ފައްޅިއަށް އަލުކަން ކުރަން އައިސްތި މީހުންނާއި ކުރިމަތިލައިގެން ވާހަކަ ދައްކަމުން ދަނިކޮށް، އޭނާގެ ފަހަތުގައި ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ސަލީބު ފާރުން ވަކިވެ އޭނާގެ ބޯ މައްޗަށް ވެއްޓޭ މަންޒަރެވެ. އޭނާއަށް ސަލީބު ވެއްޓޭތަން ނުފެންނަ ކަމަށާއި، ސަލީބު ބޯމައްޗަށް ވެއްޓުމާއެކު އޭނާ ވެއްޓުނު ތަން ވީޑިއޯއިން ފެންނަން ހުރެއެވެ.

ހާދިސާ ހިނގުމުގެ މިނެޓުތަކެއްގެ ކުރިން، ފާދިރީ ވަނީ މަރުގެ ވާހަކަ ދައްކާފައެވެ. ފޯނާއި ޓީވީ ބެލުމުގައި އެތައް ގަޑިއިރުތައް ހޭދަކުރާއިރު، ކަލާނގެއަށާއި ޢާއިލާއަށް ދޭ ވަގުތު މަދުވާ ކަމަށާއި، އެންމެ މުހިންމީ އެ ވަގުތު ކަމަށް އޭނާ ވަނީ އޭނޭ ދެމުންދިޔަ ދީވަޢުޡުގައި ފާހަގަކޮށްފައެވެ.

ސަލީބު ވެއްޓުމުން ފައްޅީގައި ތިބި މީހުން ހައިރާންވެ އަޑުގަދަކޮށް، ބައެއް މީހުން ފާދިރީއަށް އެހީތެރިވުމަށް ދުވެފައި ދިޔައެވެ. ހާދިސާ ހިނގި ސަބަބެއް އަދި ސާފެއް ނުވެއެވެ. ގުއާޔަކިލްގެ ޗަރޗު އިދާރާއިން އާދީއްތަ ދުވަހު ވަނީ ޕާދިރި މަރުވި ކަން ކަށަވަރުކޮށްދީފައެވެ. އޭނާގެ ޖަނާޒާގައި އެ ދުވަހުގެ ހަވީރު ފައްޅީގައި ޚާއްޞަ ޚިދުމަތެއް ވެސް ބާއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.