ރައީސް މުޢިއްޒު ޕާކިސްތާނަށް ފުރާވަޑައިގެންފި

ރައީސް މުޢިއްޒު ޕާކިސްތާނަށް ފުރާވަޑައިގެންފި

Author
އަހުމަދު
20 އޮކްޓޯބަރ 2026 03:06
0

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސްގެ އަރިހުގައި ފުރާވަޑައިގަތީ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅު ދެމިއޮންނާނީ އޮކްޓޫބަރު 22 ވަނަ ދުވަހާ ހަމައަށެވެ. ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރައްވައި، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ފަހުމުނާމާތަކެއް ބަދަލުކުރެވޭނެއެވެ.

ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ބާއްވާ ފުރަތަމަ މަތީ ފަންތީގެ ބައްދަލުވުމަކީ މިއީއެވެ. 1966 ވަނަ އަހަރުގެ ޖުލައި 26 ގައި ދެ ޤައުމުގެ ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ މި ދަތުރުފުޅުގައި، ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން ހިމެނޭ ވަފުދެއް ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.