ފްރާންސްގައި ދިމާވެފައިވާ ހަރުކަށި ހަމަނުޖެހުންތަކާ ގުޅިގެން ވެރިރަށް ޕެރިހާއި ގައުމުގެ އުތުރުގެ ބައެއް ސިޓީތަކުގައި ކާފިއު އިއުލާންކޮށްފިއެވެ.
ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫގެ އޮފީހުން ބުނީ، ހޯމަ އާއި އަންގާރަ ދުވަހު ރޭގަނޑު 8:00 ން ފެށިގެން ހެނދުނު 6:00 އާ ހަމައަށް ކާފިއު ހިންގާނެ ކަމަށެވެ. ޕެރިހުގައި ފުލުހުން ކާފިއު ފަށާނީ މިރޭ 9:00 ގައެވެ.
ސްކޫލްތަކުގައި ދިމާވާ ދަތިތަކާއި އަސާސީ ތަކެތީގެ އަގު މަތިވުމާ ދެކޮޅަށް ފެށި މި މުޒާހަރާތަކަށް ގާތްގަނޑަކަށް 550،000 މީހުން ބައިވެރިވެފައިވާއިރު، މިއީ ފާއިތުވި އަހަރުތަކުގައި އެ ގައުމުގައި ހިނގި އެންމެ ބޮޑު މަގުމަތީ ހަމަނުޖެހުމެވެ. ސަރުކާރުން ބުނާ ގޮތުގައި، އަނިޔާވެރިކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި މަދުވެގެން 1،200 މީހުން ހައްޔަރުކޮށްފައިވެއެވެ.
ޕެރިހުގައި މުޒާހަރާކުރި މީހުންނާއި ފުލުހުންނާ ދެމެދު ޖެހިލުންތައް ހިނގާފައިވާއިރު، އެއްވެ ތިބި މީހުން ފަތުރާލުމަށް ފުލުހުން ކަރުނަ ގޭހާއި ފެން ބޮން ބޭނުންކޮށްފިއެވެ. މުޒާހަރާގެ ބައިވެރިން ވަނީ ޕެރިހާއި އެހެން ސަރަހައްދުތަކުގައި ގިނަ ޢިމާރާތްތަކަކަށް ރޯކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ