ބެސިކްސްއާ ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ވިލިނގިލީ މަޝްރޫއު އާ ކުންފުންޏަކާ ހަވާލުކޮށްފި

ބެސިކްސްއާ ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ވިލިނގިލީ މަޝްރޫއު އާ ކުންފުންޏަކާ ހަވާލުކޮށްފި

Author
އަހުމަދު
12 އޮކްޓޯބަރ 2026 12:34
0

 

ގއ. ވިލިނގިލީ ފަޅުގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ބިނާކުރުމާއި 17 ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް އާ ކޮންޓްރެކްޓަރަކާ ހަވާލުކޮށް ނޮވެމްބަރު މަހު ފަށާނެ ކަމަށް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ، މި މަޝްރޫއު ކުރިން ހަވާލުކުރި ކުންފުންޏާ ވެފައިވާ އެއްބަސްވުން ބާތިލްކޮށް، އާ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. މި މަޝްރޫއު ކުރިން ހަވާލުކޮށްފައި ވަނީ ބެލްޖިއަމްގެ ބެސިކްސް ކޮންސްޓްރަކްޝަން ގްރޫޕާއެވެ. ނަމަވެސް އެ އެއްބަސްވުން ބާތިލްކުރި ސަބަބެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ސަބަބުން، ދެކުނުގެ އަތޮޅުތަކުގެ އިގްތިސާދު ކުރިއަރައި، ގިނަ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.