އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

Author
އަހުމަދު
10 އޮކްޓޯބަރ 2026 05:09
0

 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހާއި ޕާޓީގެ އެހެނިހެން ބައެއް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ. މި އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ ނޮވެމްބަރު 27 ވަނަ ދުވަހަށެވެ.

ޕާޓީން ބުނާ ގޮތުގައި، އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ އޮކްޓޫބަރު 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ޕާޓީގެ މެންބަރުކަމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިއެވެ.

ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހަޅަންވާނީ ޕާޓީގެ ޔެލޯ އެޕުން، އޮކްޓޫބަރު 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިންނެވެ. ގައުމީ މަޖިލީހުގެ ކޮންމެ މަގާމަކަށް ކުރިމަތިލާ ކެންޑިޑޭޓަކު ވެސް 1,000 ރުފިޔާގެ އިދާރީ ފީއެއް ދައްކަން ޖެހޭނެ ކަމަށް ޕާޓީން ބުނެފައިވެއެވެ.

ކޮންގްރެސް ބާއްވައި ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު، އެމްޑީޕީން ބާއްވާ ފުރަތަމަ އެތެރޭގެ އިންތިހާބަކީ މިއީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.