ހުޅުމާލޭ އީގަލް ހިލްސް މަޝްރޫޢުގެ ކުރެހުން އާންމުކޮށްފި

ހުޅުމާލޭ އީގަލް ހިލްސް މަޝްރޫޢުގެ ކުރެހުން އާންމުކޮށްފި

Author
އަހުމަދު
10 އޮކްޓޯބަރ 2026 01:59
0

 

ހުޅުމާލޭގައި 5,000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުނިން ކުރިއަށްގެންދާ 500 މިލިއަން ޑޮލަރުގެ މަޝްރޫޢުގެ ކުރެހުންތައް އާންމުކޮށްފިއެވެ.

ކުރެހުންތައް ހިއްސާކުރައްވާފައިވަނީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ހުޅުމާލެ ފޭސް 3 ގެ ވިޝަން މާސްޓަރޕްލޭނުގެ ދަށުން މި ކުރެހުންތައް ފަރުމާކޮށްފައިވަނީ ސިންގަޕޫރުގެ ވާއު އާކިޓެކްޓްސް / ވާނަރ ވޮންގ ޑިޒައިނުންނެވެ. މަޝްރޫޢުގައި އުސް ރެސިޑެންޝަލް ޓަވަރުތަކާއި ވޯޓަރފްރަންޓް ޓައުންހޯމްތައް ހިމެނޭއިރު، ކުޅިވަރު ސަރަޙައްދުތަކާއި ކެފޭ، ރެސްޓޯރަންޓް، ފިހާރަތަކާއި މޫދަށް އެރޭނެ ސަރަޙައްދުތަކުގެ އިތުރުން ބޮޑު މިސްކިތެއްވެސް ހިމެނެއެވެ.

ސަރުކާރުން ބުނާ ގޮތުގައި މި މަޝްރޫޢުން ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެއެވެ. މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

މީގެ އިތުރުން، ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް އީގަލް ހިލްސްއާއެކު އެއްބަސްވުމެއްގައިވެސް ސަރުކާރުން ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގައި 54,000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.