ހދ. ކުޅުދުއްފުށީގެ މަޝްހޫރު ޓިކްޓޮކް ތަރި އައިމިނަތު ހުސައިން (ރިޝްމީ) އަށް ފަރުވާ ދެމުންދަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ އަނަންތަޕޫރީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ފަރުވާގެ ޚަރަދު ކުރަން ދަތިވެފައިވާތީ، އޭނާއަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
މި މަހުގެ 19 ވަނަ ދުވަހު ރިޝްމީ މާލެ އަންނަން ފްލައިޓަށް އަރަމުން ދަނިކޮށް ކުއްލިއަކަށް ފިޓްޖެހި ހިތް ހުއްޓުނެވެ. އޭގެ ފަހުން 9 ދުވަސް ވީއިރުވެސް އޭނާ އަދިވެސް އޮތީ އައިސީޔޫގައެވެ.
ސޯޝަލް މީޑިއާގައި ކުރިއަށްދާ އެހީގެ ކެމްޕެއިނުގައި ބުނާ ގޮތުގައި، ބަލި ދަރިއަކާއެކު އެކަނި ދިރިއުޅޭ މައެއް ކަމުގައިވާ ރިޝްމީއަށް މިހާރު ވަނީ ބޮޑެތި މާލީ ދަތިތަކާ ކުރިމަތިވެފައެވެ.
ރިޝްމީއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ފައިސާ ޖަމާކުރެވޭނީ 7706349071101 (Aminath Hussain) އަކައުންޓަށެވެ.
ކޮމެންޓު ފޮނުވާ