ރައީސް އޮފީހުގެ މިނިސްޓަރާއި ޗީފް އޮފް ސްޓާފް މަގާމުން ވަކިކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރާއި ޗީފް އޮފް ސްޓާފް މަގާމުން ވަކިކޮށްފި

Author
އަހުމަދު
29 ނޮވެމްބަރ 2026 08:25
0

ރައީސް އޮފީހުގެ މިނިސްޓަރު އިޤްބާލް އާދަމް އާއި ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ޗީފް އޮފް ސްޓާފްކަމުގައި ހުންނެވި މުހައްމަދު ވަހީދު މަގާމުން ވަކިކޮށްފިއެވެ. އެ ދެ ބޭފުޅުންގެ އިތުރުން، އެމްޓީޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ހަނީފް (ސެންބެ) ވެސް މަގާމުން ވަކިކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ތިން ބޭފުޅުންނަކީ ވެސް ހއ. ވަށަފަރަށް ނިސްބަތްވާ ބޭފުޅުންނެވެ.

ވަކިކުރިކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައިވީ ނަމަވެސް، މިކަމާ ބެހޭގޮތުން ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

މި ބަދަލުތައް އައީ، ވަށަފަރު ޑަބްލިއުޑީސީގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް މެންބަރަކު ހޮވުމަށް އިއްޔެ ބޭއްވި ބައި-އިލެކްޝަނަށްފަހުއެވެ. މުހައްމަދު ވަހީދަކީ ކުރިން ވަށަފަރު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ ކުރިން، ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި ޢަލީ އާރިފް، ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު، 13 އޭޕްރިލް 2026 ގައި އިސްތިއުފާ ދެއްވިއެވެ. އެކަމުގެ ސަބަބު މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.