ރުގްޔާގެ ނަމުގައި މަހާނަ ކޮނުމަކީ ހަރާމް ކަމެއް: އިސްލާމިކް މިނިސްޓަރު

ރުގްޔާގެ ނަމުގައި މަހާނަ ކޮނުމަކީ ހަރާމް ކަމެއް: އިސްލާމިކް މިނިސްޓަރު

Author
އަހުމަދު
09 އޮކްޓޯބަރ 2026 11:22
0

 

ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނުތަކަށް ވަދެ މަހާނަ ކޮނުމަކީ އިސްލާމްދީނުގައި ހަރާމް ކޮށްފައިވާ ކަމެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝަރުއީ ރުގްޔާގެ ނިވަލުގައި ބައެއް މީހުން ގަބުރުސްތާނުތަކަށް ވަދެ މަހާނަ ކޮންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި، ސިހުރު ހޯދުމުގެ ނަމުގައި މަހާނަ ނަގައި ނުވަތަ ކޮނެ ހިންގާ އެފަދަ އަމަލުތަކަކީ ގުރުއާނާއި ސުންނަތުގައި އެއްވެސް އަސާސެއް ނެތް ހަރާމް އަމަލުތަކެއްކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަރުއީ ރުގްޔާއަކީ ބަލިމީހާގެ ޝިފާއަށް އެދި ގުރުއާން ކިޔަވައި ފުމުމާއި، ކިޔެވި ފެން ބޯންދިނުމާއި، ސުންނަތުން ސާބިތުވާ ދުއާތައް ކިޔުންކަމަށް މިނިސްޓަރު ބަޔާންކުރެއްވިއެވެ. ހުރިހާ ބައްޔަކަށް ޝިފާ ދެއްވަނީ މާތް ﷲ ކަމަށާއި، ދުއާކުރުމާއެކު ސިއްހީ ފަރުވާ ހޯދުމަކީ އިސްލާމްދީން އަންގަވާ ގޮތްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ރުގްޔާގެ ނަމުގައި ދީނާ ހިލާފު ކަންތައް ކުރާ ފަރާތްތަކާމެދު ސަމާލުވެ ރައްކާތެރިވުމަށް މިނިސްޓަރު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.