މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ނޭޕާލް ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރެވިފައިވަނީ ނޭޕާލްގެ 47 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނެކެވެ. މި ދެ މީހުން ހައްޔަރުކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، ސްމަގްލް ކުރުމާއި، ޓްރެފިކް ކުރުމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުން މިއަދު މި ދެ މީހުންގެ ބަންދަށް ތިން ދުވަސް ޖަހާފައިވާއިރު، ބަންދުގެ މަޖިލިސް ބާއްވާފައިވަނީ ދެ މީހުން ކޯޓަށް ހާޒިރުނުކޮށެވެ. އެއީ ދެ މީހުންވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތީއެވެ. ސިއްހީ ހާލަތު ރަނގަޅުވުމުން ދެ މީހުން ކޯޓަށް ހާޒިރުކުރަން ޖެހޭނެ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.
ފުލުހުން ބުނާގޮތުގައި ދެ މީހުންގެ ހަށިގަނޑުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. ނަމަވެސް ފެނުނު މިންވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ