އދ. ގެ 81 ވަނަ ޢާންމު މަޖިލީހުގެ ޢާންމު ބަހުސް ފެށުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖެ ތަމްޘީލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގެ ޢާންމު މަޖިލީހުގެ ހޯލުގައި ކުރިއަށްދިޔަ މި ޖަލްސާއަކީ، ދުނިޔެއަށް ކުރިމަތިވެފައިވާ މުހިއްމު މައްސަލަތަކާއި، ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި، ދައުލަތްތަކުގެ އިސްވެރިންނާއި މެންބަރު ޤައުމުތަކުގެ މަންދޫބުން އެއްތަނަކުން ބައްދަލުވެވަޑައިގަންނަވާ މަތީ ފަންތީގެ ބައްދަލުވުމެކެވެ.
މި މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި، މަތީ ފަންތީގެ ފޯރަމްތަކުގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވައި، ދޭދޭ ޤައުމުތަކުގެ އިސްވެރިންނާއެކު ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން، ގިނަ ޤައުމުތައް ގުޅިގެން ބާއްވާ މަޝްވަރާ ބައްދަލުވުންތަކާއި، ބައްދަލުވުމުގެ ހަވާސާގައި ބޭއްވޭ ރަސްމީ ޙަފުލާތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ