ޣައްޒާ ބިނާކުރުމަށް ދުނިޔެ މިހާރު ތެދުވާން ޖެހޭ: ތުރުކީގެ ރައީސް

ޣައްޒާ ބިނާކުރުމަށް ދުނިޔެ މިހާރު ތެދުވާން ޖެހޭ: ތުރުކީގެ ރައީސް

Author
އަހުމަދު
23 ސެޕްޓެމްބަރ 2026 08:07
0

 

ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ މުޖުތަމައުން އިތުރަށް ފަސްނުކޮށް ފަށަން ޖެހޭނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އދ.ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އުރުދުޣާން ވިދާޅުވީ، ޣައްޒާގައި ބިނާކުރުމުގެ މަސައްކަތް ފެށޭނެ މަގު ތަނަވަސްކޮށްދިނުމަށް ދުނިޔޭގެ ލީޑަރުން އިޒްރޭލަށް ދޭ ފިއްތުން ބޮޑުކުރަން ޖެހޭ ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ހަމާސްއިން ދިން ހަމަލާއަށްފަހު އިޒްރޭލުން ފެށި ހަމަލާތަކުގައި ޣައްޒާގެ ގިނަ ސަރަހައްދުތަކެއް ވަނީ ސުންނާފަތިވެފަ އެވެ. އދ.ގެ އަދަދުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ އޮކްޓޯބަރު ވަންދެން ޣައްޒާގެ އިމާރާތްތަކުގެ 84 ޕަސެންޓަށް ވަނީ ގެއްލުން ލިބިފަ ނުވަތަ ވެއްޓިފަ އެވެ.

އެމެރިކާގެ މެދުވެރިވުމާއެކު 2025 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުނު ނަމަވެސް، އިޒްރޭލުގެ ހަމަލާތައް ހުއްޓިފައެއް ނުވެ އެވެ. އަދި ބިނާކުރުމަށް ބޭނުންވާ ތަކެތި ޣައްޒާއަށް ވެއްދުމަށް އިޒްރޭލުން ހުރަސް އަޅަމުންދާތީ، މަސައްކަތް އަދިވެސް ފެށިފައެއް ނުވާ ކަމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބުނެ އެވެ.

އދ.، ވޯލްޑް ބޭންކް އަދި ޔޫރަޕިއަން ޔޫނިއަން ގުޅިގެން ތައްޔާރުކުރި ރިޕޯޓެއްގައި ބުނާ ގޮތުގައި، ޣައްޒާ އަލުން ބިނާކުރުމަށް ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި 71.4 ބިލިއަން ޑޮލަރު ބޭނުންވާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.