ބޯކޮށްވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އެންމެ ދެކުނުގެ ސަރަހައްދަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
ފުވައްމުލަށް ސިޓީން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ނެރެފައިވާ މި ސަމާލު، މިއަދު 11:00 އިން 16:00 އަށް ދެމިގެންދާނެއެވެ.
މެޓްގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، މި ދެ އަތޮޅުގެ މަތީގައި ވިލާގަނޑެއް އުފެދި، ވައި މަޑުވުމުގެ ސަބަބުން ރޭ ފަތިހުން ފެށިގެން ވާރޭ ވެހެމުންދާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މި ދެ އަތޮޅުގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބުދަ، ބުރާސްފަތި އަދި ހުކުރު ދުވަހު އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓުން ލަފާކުރެއެވެ.
ކޮމެންޓު ފޮނުވާ