ޕީއެންސީގެ 2028 ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ރަސްމީކޮށް އަރުވައިފި

ޕީއެންސީގެ 2028 ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ރަސްމީކޮށް އަރުވައިފި

Author
އަހުމަދު
19 ސެޕްޓެމްބަރ 2026 01:19
0

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް، ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރަސްމީކޮށް އަރުވައިފިއެވެ.

މި ޓިކެޓް ރައީސް މުޢިއްޒަށް އަރުވާފައިވަނީ، ހުކުރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޕީއެންސީގެ ކޮންގްރެސްގެ ނިންމުމުގެ ޖަލްސާގައެވެ.

ޕްރައިމަރީއަކާ ނުލައި ރައީސް މުޢިއްޒަށް ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް ހުށަހެޅި ޤަރާރު ފާސްވެފައިވަނީ، ކޮންގްރެސްގައި ބައިވެރިވި 1،119 މެންބަރުންގެ އިއްތިފާޤުންނެވެ. މި ވޯޓު ނަގާފައިވަނީ ޙާޒިރުވެ ތިބި ޑެލިގޭޓުންގެ އަތް ނެގުމުންނެވެ.

ޤަރާރުގައި ފާހަގަކޮށްފައިވަނީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ޤައުމީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ހިންގަވަމުން ގެންދަވާ ކަމަށާއި، ޤައުމުގެ ދަރަނީގެ ޒިންމާތައް ރައްޔިތުންނަށް ބުރައަކަށް ނުވާނެ ފަދަ ގޮތަކަށް ޒިންމާދާރުކަމާއެކު މެނޭޖުކުރައްވަމުން ގެންދަވާ ކަމަށެވެ. މީގެ އިތުރުން، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި ޤައުމުގެ މިނިވަންކަން ދިފާޢުކުރުމަށާއި، އިޤްތިޞާދު ވަރުގަދަކޮށް އިޖްތިމާޢީ ކުރިއެރުން ހޯދައިދިނުމުގެ މަސައްކަތްތައް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަމަށްވެސް ޤަރާރުގައިވެއެވެ.

ނަމަވެސް، މި ޤަރާރު ފާސްކޮށްފައި މިވަނީ ސަރުކާރުގެ ސިޔާސަތުތަކާމެދު ޢާންމުންގެ ފާޑުކިޔުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކުރެވެއެވެ. ކޮންގްރެސްގައި ސިއްރު ވޯޓެއް ނަގާނަމަ ރައީސް މުޢިއްޒަށް މި ޓިކެޓް ކާމިޔާބުނުވީސް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.