ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގައި ސައިކަލެއް މޫދަށް ވެއްޓި ސީރިއަސް އެކްސިޑެންޓެއް

ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގައި ސައިކަލެއް މޫދަށް ވެއްޓި ސީރިއަސް އެކްސިޑެންޓެއް

Author
އަހުމަދު
19 ސެޕްޓެމްބަރ 2026 01:23
0

ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގައި ދުއްވަމުންދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓި، ސީރިއަސް އެކްސިޑެންޓެއް ހިނގައި، ސައިކަލް ދުއްވަން އިން މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

މި ހާދިސާގައި އަނިޔާވި މީހާ މިހާރު ގަމު ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭނާ އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އޭނާގެ ބޮލަށް ވަނީ ވަރަށްބޮޑަށް އަނިޔާވެފައެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓް ހިނގުމަށްފަހު ސައިކަލްގެ ބައެއް ބައިތައް ތޮށިގަނޑު މަތީގައާއި މޫދުގައި ހުއްޓެވެ. ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސައިކަލް މޫދުން ނަގައި، އަނިޔާވި މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ތަފްޞީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.