ހުޅުމާލެ 3 އިން 641 ގޯތީގެ ރަޖިސްޓްރީއާއި 603 ބިން ހަވާލުކޮށްފި

ހުޅުމާލެ 3 އިން 641 ގޯތީގެ ރަޖިސްޓްރީއާއި 603 ބިން ހަވާލުކޮށްފި

Author
އަހުމަދު
18 ސެޕްޓެމްބަރ 2026 08:45
0

"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 3 އިން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް 641 ގޯތީގެ ރަޖިސްޓްރީ އާއި 603 ބިން ހަވާލުކޮށްފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މިއަދު ވިދާޅުވި ގޮތުގައި، ހުޅުމާލެ ފޭސް 3 އިން ޖުމްލަ 698 ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ދޫކޮށްފައި ވަނީ އޭގެ %86 އެވެ. އަދި ރަޖިސްޓްރީ ދޫކޮށްފައި ވަނީ ޖުމްލަ އަދަދުގެ %92 އަށެވެ. ރަޖިސްޓްރީއާ ހަވާލުވުމަށްފަހު، ބިމުގެ ސަރަހައްދު ސާފުކޮށް، އިން ވަކިކުރުމަށްފަހު ބިމާ ހަވާލުވުމަށް އެ ފަރާތްތަކަށް އަންގާނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ހުޅުމާލެ ފޭސް 3 ގައި ހިއްކާފައި އޮތީ 100 އެއްހާ ގޯތި ދެވޭ ވަރަށްވުރެ ވެސް ކުޑަ ސަރަހައްދެކެވެ. ނަމަވެސް ދެ އަހަރު ތެރޭގައި އެ ފިޔަވަހީގެ 63 ހެކްޓަރުގެ ބިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ހިއްކައި ނިންމާފައެވެ. މި މަސައްކަތް ނިންމާލީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.