ޓެކްސްގެ ބުރަ ބޮޑުވެ، ޔޫރަޕުގެ ޓުއާ އޮޕަރޭޓަރުން ކަންބޮޑުވެއްޖެ: ނަޝީދު

ޓެކްސްގެ ބުރަ ބޮޑުވެ، ޔޫރަޕުގެ ޓުއާ އޮޕަރޭޓަރުން ކަންބޮޑުވެއްޖެ: ނަޝީދު

Author
އަހުމަދު
16 ސެޕްޓެމްބަރ 2026 04:45
0

މަތިމައްޗަށް ޓެކްސް ދައްކަން ޖެހުމާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ހެދި ދެކޮޅު ނުޖެހޭ ކަމަށް ބުނެ، ޔޫރަޕުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އެ ފަރާތްތަކުން އެމަނިކުފާނަށް ގުޅައި ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެ މަންޒަރެއް ފެންނަން ނެތް ކަމަށެވެ. ހާއްސަކޮށް، ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް މާރުކުރަން ޖެހުމުން، ދުވަހުން ދުވަހަށް ހިންގާ ހަރަދުތަކާއި ލޯނުތައް ދެއްކުމަށްފަހު ޑިވިޑެންޑްގެ ގޮތުގައި ބަހާނެ އެކަށީގެންވާ މިންވަރެއް ނުހުންނަ ކަމަށް އެފަރާތްތަކުން ބުނަމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ޔޫރަޕުގައި 20 ޕަސެންޓްގެ ޖީއެސްޓީ ދައްކަމުންދާއިރު، ރާއްޖޭގައި ވެސް ހަމަ އެފަދައިން ޓެކްސް ދައްކަން ޖެހުމަކީ ވިޔަފާރިތަކަށް ނުކުޅަދާނަ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

މި މައްސަލަތަކަށް އަވަސް ހައްލެއް ނުހޯދިއްޖެ ނަމަ، ރާއްޖެ އިގުތިސާދީ ގޮތުން ބަނގުރޫޓުވުމުގެ ތުންފަތްމައްޗަށް ވެއްޓިގެންދާނެ ކަމަށް ވެސް ނަޝީދު ވަނީ އިންޒާރު ކުރައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.