ރައީސްގެ އިސްލާހީ ބަދަލުތަކަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ތައުރީފު

ރައީސްގެ އިސްލާހީ ބަދަލުތަކަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ތައުރީފު

Author
އަހުމަދު
16 ސެޕްޓެމްބަރ 2026 04:45
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ގެންނަވަމުން ގެންދަވާ ގައުމީ އިސްލާހީ ބަދަލުތަކާއި ހާސިލުކުރައްވާފައިވާ ކާމިޔާބީތަކަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ) އިން ތައުރީފު ކޮށްފިއެވެ.

މި ތައުރީފު ކުރެއްވީ، ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ އިންޓަނޭޝަނަލް ޑިޕާޓްމަންޓްގެ ދެކުނު އަދި އިރުދެކުނު އޭޝިއާގެ ކަންކަމާ ބެހޭ ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް ޕެންގް ޝިއުބިން އިސްވެ ހުންނަވައި، މުލީއާގޭގައި މިއަދު ހެނދުނު ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައީސް ގެންނަވަމުން ގެންދަވާ އިސްލާހީ ބަދަލުތަކަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އެޅިފައިވާ ވަރުގަދަ ބިންގަލެއްގެ ގޮތުގައި ޕެންގް ސިފަކުރެއްވި ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމަކީ ރާއްޖެއާއި ޗައިނާގެ ގުޅުމުގެ މައިގަނޑު އަސާސްކަން ފާހަގަކުރައްވައި، އިގްތިސާދީ ދާއިރާއިން އެއްބާރުލުން ފުޅާކޮށް، ދޭދޭ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމުގެ އުންމީދު ޕެންގް ފާޅުކުރެއްވިއެވެ.

ޖަވާބުގައި ރައީސް ވަނީ ރާއްޖެއާއެކު ޗައިނާއިން ބާއްވަމުން އަންނަ ޒަމާންވީ އެކުވެރި ގުޅުމަށާއި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ޗައިނާއިން މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ދެ ގައުމުގެ ދޭދޭ ގުޅުމަކީ ފުރިހަމަ އިސްތިރާޖީ ޕާޓްނަޝިޕެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.