ތުރުކީއާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ތުރުކީއާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

Author
އަހުމަދު
16 ސެޕްޓެމްބަރ 2026 04:47
0

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހި ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ، ތުރުކީވިލާތުގެ ވެރިކަން ކުރާ އަދާލަތު ވޭ ކަލްކިންމާ ޕާޓީ (އޭކޭ ޕާޓީ)ގެ ވަފުދަކުން މިއަދު ހެނދުނު ރައީސްގެ ރަސްމީގެކޮޅު މުލީއާގޭގައި އެމަނިކުފާނާ ބައްދަލުކުރެއްވުމުންނެވެ. މި ވަފުދުގެ އިސްވެރިއަކީ އޭކޭ ޕާޓީގެ ޑެޕިއުޓީ ޗެއާމަން ޙުސައިން ޔައިމާނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު އޮތް އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ސަގާފީ ގޮތުން ދެ ޤައުމު ގުޅުވައިލުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ. އަދި ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވެސް އިތުރަށް ބަދަހި ކުރެއްވުމުގެ ޔަޤީންކަން ދެފަރާތުން ވެސް އައުކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.