ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ދިވެހި މުދައްރިސް ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ދިވެހި މުދައްރިސް ނިޔާވެއްޖެ

Author
އަހުމަދު
16 ސެޕްޓެމްބަރ 2026 12:35
0

މިދިޔަ މަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވެ، އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ޅ. ކުރެންދޫ މުހައްމަދު އަފީފު، އުމުރުން 62 އަހަރުގައި ރޭ ނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ހުޅުމާލޭ ފޭސް ދޭއްގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅޭ ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި، ސައިކަލުގައި ތިބި އަފީފާއި އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅަށް ސީރިއަސް އަނިޔާތަކެއް ލިބިގެންނެވެ.

އަފީފަކީ ތައުލީމީ ދާއިރާގައި ގިނަ ގުނަ ޚިދުމަތްތަކެއް ކުރެއްވި، ފާހަގަކޮށްލެވޭ ދިވެހި މުދައްރިސެކެވެ. އޭނާ ވަނީ އަމީނިއްޔާ، ޣާޒީ، އަލިއްޔާ، އެމްއީއެސް އަދި އީޕީއެސް ސްކޫލުގައި ކިޔަވައިދެއްވުމުގެ އިތުރުން، ނިޔާވުމާ ހަމައަށް ވެސް ގޭގައި ގިނަ ދަރިވަރުންނަށް ދިވެހި މާއްދާ އުނގަންނައިދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.