ޕީއެންސީގެ ސެނެޓުގެ އަންހެނުންގެ 10 ގޮނޑިއަށް މެމްބަރުން އިންތިޚާބު ކޮށްފި، އެންމެ ކުރީގައި ޝިއުނާ

ޕީއެންސީގެ ސެނެޓުގެ އަންހެނުންގެ 10 ގޮނޑިއަށް މެމްބަރުން އިންތިޚާބު ކޮށްފި، އެންމެ ކުރީގައި ޝިއުނާ

Author
އަހުމަދު
16 ސެޕްޓެމްބަރ 2026 12:33
0

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީސް ނުވަތަ ސެނެޓުގައި އަންހެނުންނަށް ޚާއްޞަކުރި 10 ގޮނޑިއަށް ބޭފުޅުން އިއްޔެ ހޮވައި ނަތީޖާ އިޢުލާނުކޮށްފިއެވެ.

މި 10 ގޮނޑިއަށް 22 ބޭފުޅަކު ވާދަކުރެއްވި އިރު، އެންމެ ގިނަ މަންދޫބުންގެ ތާއީދު ހޯއްދަވައި ސެނެޓަށް ވަޑައިގެންނެވީ 931 ވޯޓާ އެކު މަރްޔަމް ޝިއުނާއެވެ. ޝިއުނާއާ އެކު މި ގޮނޑިތައް ކާމިޔާބުކުރެއްވި އަނެއް ބޭފުޅުންނަކީ ޝެރީން ޢަބްދުއްޞަމަދު، ޢާއިޝަތު މުޙައްމަދު، ފާޠިމަތު ރުހުސާނާ، ފާޠިމަތު މިޒުނާ، ފާޠިމަތު މުޙައްމަދު، އާސިޔަތު ރިޔާސާ، އާމިނަތު ނަމްޒާ، އާމިނަތު ޝުހުދާ އަދި މަރިޔަމް ސާމިޔާއެވެ.

އިއްޔެ ފެށި ޕީއެންސީގެ ކޮންގްރެސްގައި މިއަދު ދަނީ ޕާޓީގެ އިސް މަޤާމުތަކަށް މެންބަރުން ހޮވުމުގެ ވޯޓުލުން ކުރިއަށެވެ. މިހާރު ވަނީ ޕާޓީގެ ނައިބު ރައީސްކަމަށް ހަ ބޭފުޅަކު ވެސް އިންތިޚާބުކޮށްފައެވެ. މީގެ އިތުރުން ސެނެޓުގައި ޒުވާނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިތަކާއި، އެންމެންނަށް ހުޅުވާލެވިފައިވާ 18 ގޮނޑިއަށް ވެސް މެންބަރުން ހޮވުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެންމެންނަށް ހުޅުވާލި ގޮނޑިތަކަށް 70 އަށް ވުރެ ގިނަ ބޭފުޅުން ވާދަކުރައްވަމުން ގެންދަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.