ދެ އަހަރު ތެރޭގައި ބޮޑު މިސްކިތުގެ މަސައްކަތް ނިންމާނަން: ޝަހީމް

ދެ އަހަރު ތެރޭގައި ބޮޑު މިސްކިތުގެ މަސައްކަތް ނިންމާނަން: ޝަހީމް

Author
އަހުމަދު
13 ސެޕްޓެމްބަރ 2026 09:42
0

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" މިސްކިތުގެ މަސައްކަތް ގިނަވެގެން ދެ އަހަރު ތެރޭގައި ނިންމާލުމަކީ އަމާޒު ކަމަށް، އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި މިސްކިތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި މިސްކިތާއެކު އިސްލާމީ ޙަޟާރަތާބެހޭ މަރުކަޒެއް ޤާއިމުކުރުމަކީ 20 އަހަރު ކުރިން ހުޅުމާލޭގެ ތަޞައްވުރުގައި ހިމެނުނު ނަމަވެސް، މިހާތަނަށް އެއްވެސް ސަރުކާރަކަށް ކާމިޔާބު ނުކުރެވިވާ މަސައްކަތެއް ކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށްދާން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚާއްޞަ އަހަންމިއްޔަތުގެ ސަބަބުން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިސްކިތާ ގުޅިގެން ޤާއިމުކުރެވޭ އިސްލާމީ ޙަޟާރަތާބެހޭ މަރުކަޒުގައި ރާއްޖެ އިސްލާމްވިގޮތާއި، ވޭތުވެދިޔަ 900 އަހަރު ތެރޭގައި ރާއްޖޭގައި އިސްލާމީ ޙަޟާރަތް ކުރިއަރައިގެންދިޔަގޮތް ދައްކުވައިދޭނެ އިންތިޒާމުތައް ހަމަޖައްސާނެއެވެ. ހަމައެއާއެކު، މި މިސްކިތާ ގުޅިގެން ވަޤުފް މަޝްރޫޢުތަކެއްވެސް ކުރިއަށްގެންދާނެ ކަމަށާއި، ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ހުރުމުން އެބައި ވަކިން ކުރިއަށްގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގައި އެޗް.ޑީ.ސީ.އާއި، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދެއްވާ އެއްބާރުލެއްވުމަށްޓަކައި ވަޒީރު ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.