ދިއްގަރުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށްފި

ދިއްގަރުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށްފި

Author
އަހުމަދު
13 ސެޕްޓެމްބަރ 2026 07:39
0

މ. ދިއްގަރުގައި ސްޓެލްކޯއިން ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި، އެ ރަށުގައި ޤާއިމުކޮށްފައި ހުރި 400 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް އޯވަރހޯލްކޮށް ނިންމައި، ބޭނުންކުރަން ފަށައިފިއެވެ.

މ. އަތޮޅުގެ ރަށްތަކުގެ ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައި ވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެއާއެކު، ރަށްރަށުގެ ޔޫޓިލިޓީ ޚިދުމަތްތައް، ޚާއްޞަކޮށް ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފެށިއިރު، ދިއްގަރުގައި ޖަނަރޭޓަރު ސެޓު އޯވަރހޯލްކުރީ ވެސް އެ މަސައްކަތުގެ ދަށުން ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، ފެނަކަ އުވާލައި، އެ ކުންފުނިން ދެމުންދިޔަ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ނިންމާފައެވެ. މީގެ ކުރިން ވެސް ތިން އަތޮޅެއްގެ ކަރަންޓުގެ ޚިދުމަތް ފެނަކައިގެ ދަށުން ސްޓެލްކޯއަށް ބަދަލުކޮށްފައި ވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ދަށުން ދިނުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.