ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ފުރުޞަތު ދިނުމަށްޓަކައި ފެށި "ރައްޔިތުންގެ އަޑު" ސިލްސިލާގައި، އިތުރު ދާއިރާތަކުން ބައިވެރިވުމަށް ނަން ނޯޓު ކުރުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ކުރި އިޢުލާނުގައިވާ ގޮތުން، 93 ދާއިރާގެ ތެރެއިން މިފަހަރު ފުރުޞަތު ހުޅުވާލީ ބާރަށު ދާއިރާ، ކާށިދޫ ދާއިރާ، މަތިވެރި ދާއިރާ، ވިލިނގިލި ދާއިރާ، ހުޅުމާލެ ދެކުނު ދާއިރާ އަދި ގަލޮޅު އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ. ބައްދަލުވުމުގައި ބައިވެރިވުމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް، މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓު ކުރެވޭނެއެވެ.
ރައީސާއެކު ބާއްވާ މި ބައްދަލުވުމުގައި، އަމިއްލަ ކަންކަމާއި، އިދާރީ އަދި އިޖުތިމާޢީ މަޞްލަޙަތު ހިމެނޭ ތަފާތު ކަންކަމާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. އަދި ކޮންމެ ބައިވެރިއަކަށް ވެސް ވާހަކަދެއްކުމަށް 10 މިނިޓުގެ ވަގުތެއް ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓު ފޮނުވާ