ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފި

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފި

Author
އަހުމަދު
13 ސެޕްޓެމްބަރ 2026 09:41
1

ރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ބިންގާ އެޅުއްވުމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، އައްރާޖިޙީ ކުންފުނީގެ ސީއީއޯ ބަންދަރު ޢަބްދުﷲ އައްރާޖިޙީ އަދި ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެއްފަހަރާ ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދު ކުރެވޭ ފެންވަރަށް ފަރުމާކޮށްފައިވާ މި ބިނާގައި، ތަނަވަސް ނަމާދު ހޯލެއްގެ އިތުރުން، އިސްލާމީ ކުތުބުޚާނާއެއް، ކަލްޗަރަލް ސެންޓަރެއް، ޤުރުއާން މިއުޒިއަމެއް، އެގްޒިބިޝަން ހޯލެއް އަދި މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއް ހިމެނޭނެއެވެ. މީގެ އިތުރުން، ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަ ވިޒިޓަރ އޭރިއާއަކާއި، އިސްލާމީ ފޮތް ފިހާރައެއް އަދި ގިފްޓް ޝޮޕެއް ވެސް މި ބިނާގައި ޤާއިމުކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.