ޗީފް އޮފް ސްޓާފް ފަޔާޒަށް ސީނިއާ މިނިސްޓަރު ފެންވަރަށް ޕްރޮމޯޓް ކޮށްފި

ޗީފް އޮފް ސްޓާފް ފަޔާޒަށް ސީނިއާ މިނިސްޓަރު ފެންވަރަށް ޕްރޮމޯޓް ކޮށްފި

Author
އަހުމަދު
09 ސެޕްޓެމްބަރ 2026 11:30
0

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރު ފެންވަރަށް، މި ހަފުތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަތިކުރައްވައިފި އެވެ.

މިކަން ކަށަވަރުކޮށްދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިރޭ ވިދާޅުވީ ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރެއްގެ ފެންވަރަށް މަތިކުރެއްވީ މި ހަފުތާގެ ތެރޭގައި ކަމަށެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ ސީނިއާ މިނިސްޓަރު ފެންވަރުގައި އައްޔަން ކުރެއްވީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެމަނިކުފާނު މަޖިލީހުގެ މެމްބަރުކަމަށް ހޮވިވަޑައިގަތް ފަހުން، މި ފެންވަރުގެ މަގާމެއްގައި އެހެން އެއްވެސް ބޭފުޅަކު ނުހުންނަވަ އެވެ. އެހެންކަމުން ފަޔާޒަކީ މިވަގުތު ސީނިއާ މިނިސްޓަރު ފެންވަރުގައި ހުންނެވި ހަމައެކަނި ބޭފުޅާ އެވެ.

ފަޔާޒު ޗީފް އޮފް ސްޓާފުގެ މަގާމަށް އައްޔަން ކުރެއްވީ 2023 ވަނަ އަހަރު އެވެ. އޭގެ ކުރިން، ރައީސް ޑރ. މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް އޭނާ ވަނީ ކުރައްވައިފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އަދާ ކުރެއްވުމަށް ފަހު، 2020 ވަނަ އަހަރު އެ މަގާމުން ފަޔާޒު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.