ރަށްވެހިކަން ދޫކޮށްލަން ނަގާ ފީގެ އުސޫލެއް އެލްޖީއޭއިން ހަދަނީ

ރަށްވެހިކަން ދޫކޮށްލަން ނަގާ ފީގެ އުސޫލެއް އެލްޖީއޭއިން ހަދަނީ

Author
އަހުމަދު
09 ސެޕްޓެމްބަރ 2026 11:25
0

ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުން އެ ރަށުގެ ރަށްވެހިކަން ދޫކޮށްލުމުގައި ކައުންސިލްތަކުން ފީ ނަގާ ގޮތާ ގުޅޭ ގޮތުން އުސޫލެއް އެކުލަވާލަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.

ދިރިއުޅުން މާލެއަށާއި އެހެން ރަށްރަށަށް ބަދަލުކުރުމުގެ ސަބަބުން ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ބައެއް ކައުންސިލްތަކުން ދަނީ ބޮޑެތި އަދަދުތަކުން ފީ ނަގަމުންނެވެ. އެގޮތުން ފ. ބިލެތްދޫ ކައުންސިލުން ވަނީ ރަށްވެހިކަން ދޫކޮށްލާ ކޮންމެ ފަރާތަކުން 5000 ރުފިޔާ ނެގުމަށް އިއްޔެ ނިންމައިފައެވެ.

އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް "ދެން"އަށް ވިދާޅުވީ މި ފީގެ އަދަދުތަކާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ. އަދި އިދާރީ ކަންކަމަށް ކައުންސިލްތަކުން ފީ ނެގުމުގެ ހައްގު ލިބިގެންވީ ނަމަވެސް، ބައްޕައަކާއެކު ދަރިން ރަށްވެހިކަން ދޫކޮށްލާނަމަ ބައެއް ހާލަތްތަކުގައި އެ އަދަދު 15،000 ރުފިޔާއަށް ވުރެ މައްޗަށް ދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނިމާލް ވިދާޅުވި ގޮތުގައި، މި އުސޫލު އެކުލަވާލާނީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހުއެވެ. ނަމަވެސް އުސޫލު އާންމުކުރާނެ ވަކި ތާރީޚެއް އޭނާ ވިދާޅެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.