ހުޅުމާލެ ފޭސް ދޭގައި މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވި 62 އަހަރުގެ ދިވެހި ފިރިހެނެއްގެ ސިކުނޑިއަށް ލޭ އެޅި، ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނިގޮތުގައި، އޯގަސްޓް 31 ވަނަ ދުވަހުގެ ހެނދުނު 7:36 ހާއިރު ދުނބުރިގަސް މަގާއި ހީނާމާ ހިނގުން ގުޅޭ ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓްގައި، ސައިކަލު ދުއްވަން އިން ބައްޕައާއި ސައިކަލުގެ ފަހަތުގައި އިން އޭނާގެ 24 އަހަރުގެ ދަރިފުޅަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އެކްސިޑެންޓް ހިނގީ ބައްޕަ، ދަރިފުޅު ގޮވައިގެން މިސްކިތަށް ދިޔަ މަގުމަތީގައި ކަމަށް މައުލޫމާތު ލިބެއެވެ.
އާއިލާއިން ފުލުހުންނަށް މައުލޫމާތު ދިން ގޮތުގައި، ބައްޕަގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭ އެޅުމާ ގުޅިގެން އެދުވަހު ވަނީ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. ވޮއިސްއަށް އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ.
ކޮމެންޓު ފޮނުވާ