އެމްޑީޕީ އެކްޓިވިސްޓް މައިމޫންގެ ބަންދަށް ފަސް ދުވަސް

އެމްޑީޕީ އެކްޓިވިސްޓް މައިމޫންގެ ބަންދަށް ފަސް ދުވަސް

Author
އަހުމަދު
01 ސެޕްޓެމްބަރ 2026 02:27
0

ރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާ ނިމުނު ފަހުން ހައްޔަރުކުރި އެ ޕާޓީގެ ޔޫތު ވިންގުގެ ނައިބު ރައީސް މައިމޫންގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ.

އެމްޑީޕީގެ ލީގަލް ޓީމުން 'ދައުރު’އަށް ކަށަވަރުކޮށްދިން ގޮތުގައި، މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މައިމޫން ރޭ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ ޕާޓީން ބުނާ ގޮތުގައި އޭނާ ހައްޔަރުކުރީ ރޭގެ މުޒާހަރާ ނިމުނު ފަހުން މަގުމަތިންނެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ، މައިމޫން ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިންގައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، މަގު ބަންދުކުރުމަށް ޖަހާފައި ހުރި ބެރިކޭޑް ހުރަސްކުރި މައްސަލައިގައި ކަމަށެވެ.

މައިމޫން ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީގެ އިސްވެރިންނާއި މެންބަރުން ދަނީ އަޑުއުފުލަމުންނެވެ. މީގެ ކުރިން ވެސް މުޒާހަރާތަކާ ގުޅިގެން މައިމޫން ހައްޔަރުކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.