އިންޑިއާ ފަސިންޖަރެއްގެ ލަގެޖުން 2 ކިލޯގެ ކެނަބިސް އަތުލައިގެންފި

އިންޑިއާ ފަސިންޖަރެއްގެ ލަގެޖުން 2 ކިލޯގެ ކެނަބިސް އަތުލައިގެންފި

Author
އަހުމަދު
01 ސެޕްޓެމްބަރ 2026 08:26
0

އިންޑިއާއިން ރާއްޖެއައި ފަސިންޖަރެއްގެ ލަގެޖުން 2 ކިލޯގެ ކެނަބިސް ކަސްޓަމުން އަތުލައިގެންފި އެވެ.

ކަސްޓަމުން ބުނީ މިމަހުގެ 29 ވަނަ ދުވަހު، އިންޑިއާއިން ރާއްޖެއައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރެދާނެ ކަމަށް ޝައްކުކުރެވިގެން، އެ ފަސިންޖަރުގެ ލަގެޖު ބަލައި ފާސްކުރި ކަމަށެވެ. އެ ބަލައި ފާސްކުރުމުގެ ތެރޭގައި ބަރާބަރު ދެ ކިލޯގެ ކެނަބިސް ފެނިފައިވާ ކަމަށް ކަސްޓަމުން ބުނެ އެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމުން އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.