އިންޑިއާގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް އެ ގައުމަށް ފެނިއްޖެނަމަ ގެއްލުން ލިބޭނީ ރާއްޖެއަށް: ނަޝީދު

އިންޑިއާގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް އެ ގައުމަށް ފެނިއްޖެނަމަ ގެއްލުން ލިބޭނީ ރާއްޖެއަށް: ނަޝީދު

Author
އަހުމަދު
25 އޮކްޓޯބަރ 2026 01:55
0

ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުގެ ސަބަބުން، އަވަށްޓެރި ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގަމުންދާ ކޯޅުމުގެ ތެރެއަށް ދިވެހިރާއްޖެ ވަދެއްޖެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު އައްޑޫ ސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކުރިމަތިވާ ނުރައްކާތަކަށް ރިޢާޔަތް ނުކޮށް ރައީސް ކުރެއްވި މި ދަތުރަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުމުގެ ސަބަބުން އިންޑިއާގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް އެ ގައުމަށް ފެނިއްޖެނަމަ، އޭގެ ހިތި ނަތީޖާ ދިމާވާނީ ދިވެހިރާއްޖެއަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ޕާކިސްތާނު ދަތުރާ ގުޅިގެން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ވެސް ހުކުރު ދުވަހު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ދެ ގައުމުގެ ދެމެދު ސޮއިކުރި އެގްރީމެންޓުތަކާއި ރާއްޖެ-ޕާކިސްތާނު ގުޅުން އިންޑިއާއިން ގާތުން ބަލަމުންދާ ކަމަށާއި، ބޭނުންވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.