ސްޓެލްކޯ ފްލެޓުގެ 12 ވަނަ ފަންގިފިލާއިން ވެއްޓި ދެ އަހަރުގެ ކުއްޖަކު މަރުވެއްޖެ

ސްޓެލްކޯ ފްލެޓުގެ 12 ވަނަ ފަންގިފިލާއިން ވެއްޓި ދެ އަހަރުގެ ކުއްޖަކު މަރުވެއްޖެ

Author
އަހުމަދު
01 ސެޕްޓެމްބަރ 2026 02:33
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ފްލެޓުގެ 12 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކުން މިއަދު ހެނދުނު ދެ އަހަރުގެ އަންހެން ކުއްޖަކު ވެއްޓި ނިޔާވެއްޖެ އެވެ.

ހާދިސާ ހިނގުމާއެކު ކުއްޖާ ވަގުތުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ކުއްޖާ އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ފަހަކަށް އައިސް ހުޅުމާލޭގެ އުސް އިމާރާތްތަކުން ވެއްޓި މީހުން މަރުވުމުގެ ހާދިސާތައް ދަނީ ތަކުރާރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.