ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް ޝުޢައިބު ޔޫސުފް ޢައްޔަނުކުރައްވައިފިއެވެ. މި މަޤާމަށް އޭނާ ޢައްޔަނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، މެންބަރުކަމުގެ ހުވައި ޝުޢައިބަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ. ހުވައި ކުރެއްވުމަށްފަހު، މަޤާމަށް ޢައްޔަނުކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުޢައިބާ ހަވާލުކުރައްވައިފައެވެ.
ކޮމެންޓު ފޮނުވާ