މާލޭ މއ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކަކު ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށާއި، އިތުރު ދެ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުން މިއަދު "ވަން" އަށް މައުލޫމާތު ދެމުން ބުނީ، އަލިފާނުގެ ހާދިސާގައި އަނިޔާވެގެން ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ގެނައި ހަތަރު މީހުންގެ ތެރެއިން ދެ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި، އެކަކަށް ވޯޑުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި ހަތަރުވަނަ ޕޭޝަންޓަށް އެމަރޖެންސީ ރޫމުގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، މއ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ ފަތިހު 5:27 ހާއިރު ކަމަށެވެ.
މީގެ އިތުރުން، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ، ދޫގަސްވިލާގައި ރޭ ފަތިހު ހިނގި މި ހާދިސާގައި 41 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ކޮމެންޓު ފޮނުވާ